މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެ
މާލޭގެ އިމާރާތަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން މިއަދު ބުނީ، މާލޭގެ އިމާރާތަކުން މީހަކު ވެއްޓިގެން ސީނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެމީހާ ވެއްޓިފައި ވަނީ މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތީންނެވެ. ”އެމީހާ އަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން” ފުލުހުން ބުނެފަވެއެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ގައެވެ.