މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,731 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''ސްކައުޓް ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އިތުރަށް މަސައްކަތްކުރާނެ''
Raajje

''ސްކައުޓް ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އިތުރަށް މަސައްކަތްކުރާނެ''

ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއަކީ، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގު...

ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި
Raajje

ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސި...

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު
Raajje

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނުކޮށްފިއެވެ. މި މަގާމަށް މިއަދު ޢައްޔަނު ކުރައްވާފައި ވަނީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ...

މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް
Raajje

މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް

އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ. ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް […]

''ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރޭ''
Column

''ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރޭ''

ގައިގާ ބާރު ހުއްޓައި، ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”ޝައުބާން މަހާއި ހެޔޮ ޢަމަލު ކުރުން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. شَـعْباَن މަސް އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަ މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَن މަހ...

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޞަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ޞަދަޤާތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ އެކި ކަންކަމަށް އެހީތެރިވުމަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ހިންގާ ކަންކަމަށް އެހީވުމަށް ޞަދަޤާތް ކުރަން ހުޅުވާލާފައި ވަނީ، ސަރުކާރުގެ ރަސްމީ ޕޭމަންޓް ނިޒާމް ”ބަންޑޭރި” މެދުވެރިކޮށެވެ. މި ފުރުޞަޠުގެ ދަށުން ލިބޭ އެހީތެރިކަން ބޭނުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށާއި، ޤުރްއާން ހިފްޒު ކިލާސްތަކަށް އެހީ ވުމަށާއި އަދި މީހުން އުމްރާގެ އަޅުކަމަށް ފޮނުވުމަށް އެހީވުން ހިމެނެއެވެ....

ބޭރުގައި އުޅޭ ދިވެހި ކުދިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭން އޮންލައިން ޕްރޮގްރާމެއް
Raajje

ބޭރުގައި އުޅޭ ދިވެހި ކުދިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދޭން އޮންލައިން ޕްރޮގްރާމެއް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހުގެ މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދިނުމަށް އޮންލައިން ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. “ރިވެލި” ނަމުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމަށް ފެށި މި އޮންލައިން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް، މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއ...

"ގައުމީ ކުންފުނި" ރަޖިސްޓްރީކޮށް ނުދިން މައްސަލަ ކޯޓުން ކާމިޔާބެއްނުވި
Raajje

"ގައުމީ ކުންފުނި" ރަޖިސްޓްރީކޮށް ނުދިން މައްސަލަ ކޯޓުން ކާމިޔާބެއްނުވި

ގައުމީ ކުންފުނީގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ހދ. ދިއްދޫ މީހަކު ހުށަހެޅުމުން އެ ނަމުގައި ކުންފުނި ސަރުކާރުން ރަޖިސްޓްރީކޮށް ނުދިން މައްސަލާގައި 2.3 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގައުމީ ކުންފުނި ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ދިއްދޫ މީހަކު 2012 ވަނަ އަހަރު ހުށަހެޅުމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކަމަށް ދެކޮޅު ހެދުމަށްފަހު ނިންމީ ގައުމީގެ ނަމުގައި ކުންފުނި އުފެއްދޭނީ ސަރުކާރަށް އެކަނި […]

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
Raajje

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ބާއްވާ މި ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާދަމާ (15 ފެބްރުއަރީ 2024)ގެ މެންދުރު 2:30ގައި އެ ސިޓީގެ އެން.އޯސީ ކޮންފަރެންސް ހޯލް (2 ވަނަ ފަންގިފިލާ) ގައެވެ. ”ޒަކާތު ހައުސް އެވެއާނަސް ޕްރޮގްރާމް” ނަމުގައި ގެންދާ މި ޕްރާގްރާމްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. ދިވެހިރާއްޖޭ...

ރައީސް ދެއްވީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން
Raajje

ރައީސް ދެއްވީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ” ގައި ކުރެއްވި ތަޤްރީރު ގައެވެ. މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެ...

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި
Raajje

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީން މިއަަދު ބުނީ، އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ […]

މާމިގިލި ދާއިރާ އަށް ވާދަކުރަން ޤާސިމް ފޯމް ހުށަހަޅުއްވައިފި
Raajje

މާމިގިލި ދާއިރާ އަށް ވާދަކުރަން ޤާސިމް ފޯމް ހުށަހަޅުއްވައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ. މާމިގިލި ދާއިރާ އަށް ވާދަކުރައްވަން އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ޤާސިމްގެ ފަރާތްޕުޅުން އީސީ އަށް ފޯމު ހުށަހަޅާފައި ވަނީ ޤާސިމްގެ އިންތިޚާބީ އޭޖެންޓް މަހްމޫދު ރަމީޒް (ރަމްބެ) އާއި، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު އަދި އެ ޕާޓީގެ ރަޖިސްޓަރާ އަލީ ސޯލިޙް އެވެ. އަންނަ ރައްޔިތުންގެ […]

ފްލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000ރ. އަތުލި މައްސަލައެއް
Raajje

ފްލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000ރ. އަތުލި މައްސަލައެއް

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ބަޔަކު 500،000 ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެފައިވާތީ، ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ބުނީ، ބަޔަކު މީހަކަށް އޮޅުވާލައިގެން ފުލެޓް ލިބިފައިވާކަމަށް ބުނެ ހީލަތުން 500،000 ރުފިޔާ އަތުލީ އޭނާގެ ފޯނަށް ދިޔަ އޯޓީޕީ ހޯދައިގެން ކަމަށެވެ. ފައިސާގެ އޮންލައިން މުއާމަލާތްތަކުގައި ފޯނަށް ނުވަތަ އީ-މެއިލަށް އަންނަ އޯޕީޓީ ދިނުމުން ނޫނީ ހީލަތްތެރިންނަށް ހީލަތުގެ ރޭވުމުން ފައިސާ އަތުލެވޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް އެފަދަ ރަހުމެއ...

ވެއްޓުނީ އިންޑިއާ މީހެއް، އޭނާގެ ހާލު ސީރިއަސް
Raajje

ވެއްޓުނީ އިންޑިއާ މީހެއް، އޭނާގެ ހާލު ސީރިއަސް

މާލޭގެ އިމާރާތަކުން މިއަދު ވެއްޓުނީ އިންޑިއާ މީހެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތަކުން މީހަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. މި ރިޕޯޓާއެކު ފުލުހުން އެތަނަށް އެޓެންޑްވެ، އެކަން ބަލަންފަށާފައިވާއިރު، އެ ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ އެ އިމާރާތުން ވެއްޓިފައި ވަނީ 20 އަހަރުގެ އިންޑިއާ މީހެއް ކަމަށެވެ. ”އެމީހާ ވެއްޓިފައި ވަނީ އިމާރާތުގެ 9 […]