ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ
ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]