"ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަޤްވާވެރިކަން ހާސިލުކުރުމަށްޓަކައި"
ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަޤްވާވެރިކަން ހާސިލުކުރުމަށްޓަކައި ކަމަށާއި ރޯދައިގެ ހިކުމަތްތައް ގުޅިފައިވަނީ އެކަން ހާސިލުވާނެގޮތުގެ މަތީންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ‘’ރޯދައިގެ ޙިކުމަތް’’ އެވެ. މިއަދުގެ ހުކުރު ނަމާދު ބައެއް މިސްކިތްތަކުގައި ކޮށްފައި ވަނީ ދާދިފަހުން ސަރުކާރުން ހުކުރު ކުރުމަށް ތަމްރީނުކޮށްފައިވާ ޒުވާން ޚަތީބުންނެވެ. މިއަދުގެ ޚުޠުބާގެ ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރ...