މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,728 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ
Raajje

އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހއ. އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިތުރު ކަންތައްތަކަކާއިގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއިއެކު އިހަވަންދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ އިހަވަންދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ހިއްސާކުރުމަށް މިހާރު ވެރިރަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެ...

ދޯނިތަކުގައި ބޭރު ސިފައިން ހަރަކާތްތެރިވާ މަންޒަރު ދައްކާލައިފި
Raajje

ދޯނިތަކުގައި ބޭރު ސިފައިން ހަރަކާތްތެރިވާ މަންޒަރު ދައްކާލައިފި

ބޭރުގެ އަސްކަރީއަކުން ރާއްޖޭގެ ކަންނެލި މަސްވެރިކަން ކުރާ ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު އަރާފައިވާއިރު، އެތަނުން ދޯންޏެއްގައި ބޭރު އަސްކަރިއްޔާއެއްގެ ސިފައިންކަމަށް ބެލެވޭބަޔަކު ހަރަކާތްތެރިވާ ވީޑިއޯތަކެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އާންމުކޮށްފިއެވެ. އެ ދޯނިތަކަށް ބޭރުގެ އަސްކަރިއްޔާއަކުން އެރުމުން އެކަން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ފުރަތަމަ ގެންނައީ ވެސް އެ ޖަމިއްޔާއިންނެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށ...

ކަންނެލި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
News

ކަންނެލި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި

ދިވެހި ބޮޑު ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ. ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ދިވެހި ތިން ކަންނެލި ދޯންޏަކަށް އަރައި، ބަލާފާސްކޮށްފައި ވަނިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުގެ މެންބަރު ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު ބޭރުގެ އަސްކަރިއްޔާއަކުން އަރައި، ބިރުދައްކައި، މުވާސަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް ބިރުދައްކާފައިވާ ކަމ...

ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ
Raajje

ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ

ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާފައިވާ އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ، ނަން އަނބުރާ ގެންދިޔުމުން އެ ދާއިރާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޝްވާން އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެމްޑީޕީން މިއަދު ބުންޏެވެ. ރިޝްވާން ނަން ނެގީ ވޯޓު ކަރުދާސް ވެސް ޕްރިންޓްކުރި ފަހުން ނެވެ. އެހެންކަމުން މިއިންތިޚާބުގައި ރިޝްވާންގެ ނަމާއި ދިމާލުގައި ފާހަގަޖަހާ ވޯޓުތައް […]

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް
Raajje

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި،  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި މަސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން މި ސިލްސިލާ...

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ
Raajje

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބޭރު ހަ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ. މި އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނަކީ އިންޑިއާގެ ތިރިވަރަމްދަމްޕޫރަމް (ޓްރިވެންޑްރަމް) އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި...

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފި

ރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ހަމަލާގައި ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ޝަމީމް، އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާގެ ސަބަބުން ވާއަތުގައި ރެނދުލާފައިވާ ކަމަށެވެ. އަދި ކުރިއަށް ވުރެ ވަރުގަދަކޮށް މަސައްކަތަށް އެނބުރި އަންނާނެ ކ...

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދަޢުވާ
Raajje

ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދަޢުވާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދަޢުވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މައްޗަށް ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިނ...

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''
Raajje

''މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި''

ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން އެރީ އެ ދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށްކަމަށް އަސުރުމާ ދޯނިން ބުނެފިއެވެ. އަސުރުމާ3 ދޯނީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ދޯނީގެ ފޮޓޯ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯތަކަކީ އެ ދޯނީގެ ފޮޓޯތަކެއް ނޫން ކަމަށެވެ. އަދި މިއަދު ހިނގި ހާދިސާގެ އެއްވެސް ފޮޓޯއެއް ވެސް އަދި ވީޑިއޯއެއް ވެސް މިހާތަނައް ހިއްސާކޮށްފައި ނުވާނެކަމަށް އެ ދޯނިން ބުންޏެވެ. ”ދޯނި މަސްވެރިކަން ކުރަމުން […]

ބާ ކައުންސިލްގެ ރައީސް ވިޝާމް ނިޔާވެއްޖެ
Raajje

ބާ ކައުންސިލްގެ ރައީސް ވިޝާމް ނިޔާވެއްޖެ

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގިތުގައި ވިޝާމް ނިޔާވެފައި ވަނީ ކުއްލިގޮތަކަށެވެ. އޭނާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގެ ފާޚާނާތެރެއަށް ވެއްޓިފައި އޮއްވައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ވިޝާމް ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ވިޝާމް އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ރޮނގުން  މާސްޓަސް […]

މަޖިލިސް 2024: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
Raajje

މަޖިލިސް 2024: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީން މި ފުރުސަތު ހުޅުވާލާފައި ވަނީ، 2024 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަން ޖެހެނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ […]

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް
Raajje

ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އެރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަކަމަށް ދިވެހި އަސްކަރިއްޔާއިން ބުނެފިއެވެ. އދ. މަހިބަދޫ ”އަސުރުމާ3” ދޯނި ރާއްޖޭގެ އިމުގެ ތެރޭގައި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ވަނީ  މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފްގައި އެދިފައެވެ. އެ ޖަމިއްޔާއިން އެގޮތައް...

މަސްވެރިކަމުގައި އުޅުނު އަސުރުމާ ދޯންޏަށް އިންޑިއާ ސިފައިން އަރައިފި، މިކަން ބަލައިދީ: ބީކޭއެމްޔޫ
Raajje

މަސްވެރިކަމުގައި އުޅުނު އަސުރުމާ ދޯންޏަށް އިންޑިއާ ސިފައިން އަރައިފި، މިކަން ބަލައިދީ: ބީކޭއެމްޔޫ

އދ. މަހިބަދޫ ”އަސުރުމާ3” ދޯނި މަސްވެރިކަމުގައި އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެ ދޯންޏަށް އަރާފައިވާކަމަށާއި، އެކަން ބަލައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އެދިއްޖެއެވެ. ބީކޭއެމްޔޫ މިގޮތައް އެދުނީ މަސްވެރިކަމާބެހޭ ވުޒާރާއާއި އަދި އެމްއެންޑީއެފް ޓެގްކޮށް ”އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ. ބީކޭއެމްޔޫއިން ބުނީ އެ ދޯނި މަސްވެރިކަން ކުރަމުން ދިޔައީ ރާއްޖޭގެ ސަރަހައްދުގައި ކަމަށެވެ. އަދި އެ ދޯންޏާއި އިންޑިއާގެ މަނަވަރެއްކައިރިކޮށް ސިފައިން އެ ދޯންޏަށް އަރާފައިވާކަމުގ...

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން މަޝްވަރާކޮށްފި
Raajje

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން މަޝްވަރާކޮށްފި

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން ކަމާބެހޭ ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާކުރިއަށް ގެންގޮސްފައިވާއިރު، ނަފްސާނީ ފަރުވާގައ...

ޕީޖީ ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން
Raajje

ޕީޖީ ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ. މިއަދު ބަޔަކު ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ، ޕީޖީ ޝަމީމަށް ދިން އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ޕީޖީ އޮފީހުން ބުނީ، މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު ފަތިހުގެ ވަގުތެއްގައި މާލޭގެ މަގުމަތީގައި ކަމަށެވެ. ޕީޖީ އަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ....