ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެ: މާލީ ވުޒާރާ
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަންނަން ސަރުކާރުން އެކަށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން “ސީސީސީ+” އިން “ސީސީ” އަށް ބަދަލުކޮށްފައެވެ. މި ބަދަލުގެނައިކަން ފާހަގަކޮށް މާލީ ވިޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފިޗުން މި ރޭޓިން އެކްޝަން ނަގާފައި ވަނީ ރާއްޖ...