ދައުލަތުގެ މީޑިއާގެ ވެރިޔާ ޒީނާ އިސްތިއުފާދެއްވައިފި
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޒީނާ އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދި ހާމައެއް ނުކުރަށްވައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ މީޑިއާ ހިންގުމަށް ޒީނާ ޢައްޔަނުކުރަށްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ޒީނާ އަކީ ދިގު މުއްދަތެއްގައި މީޑިއާގައި ޚިދުމަތްކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އ...