މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކް އެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ޅ. މާފިލާފުށީގައި ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލު ގުޅިގެން މި މަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމްގައި ކޭއާރުއެޗުގެ 28 މުވައްޒަފަކު ބައިވެރިވެ ތަމްރީނުތައް ފުރިހަމަކޮށްފައި ވެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މި ޕްރޮގްރާމަކީ ކޮމްޕެޓެޓިވް މިލިޓަރީ ސްޓައިލް ޕްރޮގްރާމެއްގެ ތެރެއިން، ލީޑަރޝިޕް އަދި ޝަހްސު ދެނެގަތުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހޯދައި ދެނެގަނެ، ޓީމް ސްޕްރިޓާއި ގުޅުން ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެެވެ.

މި ޕްރޮގްރާމުގައި ބައިވެރިންނަށް ދަސްކޮށްދިން ހުނަރުތަކުގެ ތެރޭގައި ކޮމާންޑް ޓާސްކް، ފިޒިކަލް ޓްރެއިނިންގ، ފަޔަރ ފައިޓިންގ، ސްވިމިންގ އަދި އޮބްސްޓިކަލް ކޯސްގެ އިތުރުން ބައިވެރިންގެ ލީޑަރޝިޕް ހުނަރާއި ޓީމްވޯކް ރަނގަޅުކުރުމާއި އަދި ރިވެތި އަޚްލާޤުގެ ބައިތައް ހިމެނެއެވެ.

ކޭއާރުއެޗުން ވަނީ މި ފުރުސަތު ދިންކަމަށްޓަކައި ދިފާއީ ވަޒީރަށާއި، އެމްއެންޑީއެފްގެ ވެރިންނަށް ޝުކުރުއަދާކޮށްފައެވެ.

މި ޕްރޮގްރާމުގެ އޮބްޒާވަރެއްގެ ގޮތުން ކޭއާރުއެޗުގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ނާޡިމާ ޢަލީ ބައިވެރިވެފައެވެ.

އެމްއެންޑީއެފުން ހިންގާ ވީކް އެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި އިޖުތިމާޢީ މަސައްކަތްތަކުގައި ސިވިލް ސޮސައިޓީގެ އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.