މާލޭގެ އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، އީދު މިސްކިތުން ރޭ އިރުއޮއްސި 6:00 އާއި ރޭގަނޑު 10:00 އާއި ދެމެދު ވައްކަންކޮށްފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ، އާސާރީ މިސްކިތްތަކުގެ ތެރޭ ހިމެނޭ މި މިސްކިތް މިވަގުތު ހުރީ މަރާމާތަށް ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!