އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެނަކަށް ފަރުވާދެނީ
މާލޭގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ މި ރޭ 22:11 ހާއިރު ސައިނާ-މާލެ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑު ތަކުރުފާނު މަގުން ބްރިޖާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ފަހަތުގައި އިން އަންހެނަކު ވިއްސައިގެން ގޮސް ވެއްޓި ބޮލަށް އަނިޔާވެގެން އައި.ޖީ.އެމް.އެޗް) އަށް ފަރުވާ ދިނުމަށް ގެން...