މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,714 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

''ޗައިނާ-ރާއްޖެ، ގުޅުން ބިނާވެފައިވަނީ އިތުބާރާއި ސިޔާދަތު ދެމެހެއްޓުމުގެ ބިންގަލުގެ މަތީގައި''
Raajje

''ޗައިނާ-ރާއްޖެ، ގުޅުން ބިނާވެފައިވަނީ އިތުބާރާއި ސިޔާދަތު ދެމެހެއްޓުމުގެ ބިންގަލުގެ މަތީގައި''

ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިޤުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 75 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރިސެޕްޝަނުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާއި ޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް...

ހދ.އަތޮޅުގެ ދަނޑުވެރިންނަށް ހިންގި ތަމްރީން ނިންމާލައިފި
Thiladhunmathi News

ހދ.އަތޮޅުގެ ދަނޑުވެރިންނަށް ހިންގި ތަމްރީން ނިންމާލައިފި

ހދ.އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން އެ އަތޮޅުގައި ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. ހދ.އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އެ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އެ އަތޮޅުގެ ހަނިމާދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެ އަތޮޅުގެ ރަށްރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށް ހިންގި 7 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށް ވެސް...

އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Raajje

އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ’އެކްސިޑެންޓް އިން މޯލްޑިވްސް’ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހިމަނާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު ވަނީ އެއްގަމަށް އަރުވާފައެވެ. ފުލުހުން ބުނިގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައު...

އެމް-ފައިސާގެ ޚިދުމަތް ދިނުމުގެ ހުއްދަ އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް
Business

އެމް-ފައިސާގެ ޚިދުމަތް ދިނުމުގެ ހުއްދަ އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް

އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، ‘އެމް-ފައިސާ’ގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފިއެވެ. މި ހުއްދަ ދޫކޮށްފައިވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމަށް މަރުކަޒީ ބޭންކުން އިއްޔެއެވެ. ޤައުމީ ޕޭމެންޓް ނިޒާމުގެ ޤާނޫނުގެ ދަށުން، މާލީ ޚިދުމަތް ދިނުމުގެ ލައިސެންސް ދެވޭނީ އެކަމަށް ޚާއްސަ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީކޮށްގެންނެވެ. މިގޮތުން، އެމް-ފައިސާގެ ޚިދުމ...

މަސްވެރިންނަށް އިތުރު 17.3 މިލިޔަން ރުފިޔާ ދޫކޮށްފި
Business

މަސްވެރިންނަށް އިތުރު 17.3 މިލިޔަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް އިތުރު 17.3 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ. މި ފައިސާއަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރުވާފައިވާ މަހަށް މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާއެވެ. މިފްކޯއިން މިއަދު ބުނެފައިވަނީ މި ފައިސާ ދޫކުރުމާއެކު، މިފްކޯއަށް މަސްކިރުވާފައިވާ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ހަލާސްކުރެވިފައިވާ ކަމަށެވެ. ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ގިނަ އަދ...

ރައީސް، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފި
Raajje

ރައީސް، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ. ރައީސް އޮފީހުން ބުނީ، ރައީސް މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ގެއްނަވާފައެވެ. އެ ބަދަލުތަކަކީ، ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރު ކަމަށް ބަދަލުކުރެއްވުން، ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ،...

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ
Thiladhunmathi News

ލާމު މެރަތަން އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ސިޓީކައުންސިލްގެ މަރުހަބާ

ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކުރި ކުޅުދުއްފުށީގެ އައިރަނާސްގެ ދުވުންތެރިންނަށް ކުޅުދުއްފުށީ ސިޓީކައުންސިލްގެ މަރުހަބާކިޔައިފިއެވެ. އެ ދުވުންތެރިންނަށް މަރުޙަބާކިޔައި ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ސިޓީގެ އައިރަނާސްގެ ތިން ދުވުން ތެރިން އަހުމަދު އަލީ އާއި އަހުމަދު ހާމީ އަދި އަހުމަދު އަލީ ލާމަސީލު ލާމު މެރަތަން 2024 އިން ރަންވަނަތައް ހާސިލްކޮށް، ރަށަށް ރީތިނަން ހޯދައިދީފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. މި ދުވުންތެރިންގެ ތެރެއިން އަހުމަދު އަލީ ވަނީ […]

ގަވާއިދުން ބޭރުންއުޅޭ ބިދޭސީންގެ މައްސަލަހައްލުކުރުމުގެ ބޮޑު އޮޕަރޭޝަން ހުޅުމާލޭގައި ފަށައިފި
Raajje

ގަވާއިދުން ބޭރުންއުޅޭ ބިދޭސީންގެ މައްސަލަހައްލުކުރުމުގެ ބޮޑު އޮޕަރޭޝަން ހުޅުމާލޭގައި ފަށައިފި

ގަވާއިދުން ބޭރުންއުޅޭ ބިދޭސީންގެ މައްސަލަހައްލުކުރުމުގެ ސިލްސިލާ މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން މިއަދު ހުޅުމާލޭގައި ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން މިއަދު ހުޅުމާލޭގައި ފަށައިގެން ކުރިއަށް ދާކަމަށެވެ. މިގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެނ...

ސްޕެއާ ގަތުން އަދި އޮތީ ޓެންޑަރިން މަރުހަލާގައި، ފަތުރަނީ ދޮގެއް: ފެނަކަ
Business

ސްޕެއާ ގަތުން އަދި އޮތީ ޓެންޑަރިން މަރުހަލާގައި، ފަތުރަނީ ދޮގެއް: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ރަޖިސްޓަރ އޮންލައިން ނޫހަކުން ޝާއިއުކޮށްފައި ވަނީ ނުހިނގާކަމެއް ހިނގިކަމަށް ދައްކައި، ހަގީގަތެއްނެތް ދޮގު ޚަބަރެއްކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ޚަބަރު ދޮގުކޮށް ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ  ކުންފުންޏަށް ބޭނުންވާ ސްޕެއާ ގަތުމުގެ މަސައްކަތް އަދި އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެހެންކަމުން  އެ ކުންފުންޏަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ބުނެފަތުރާފައިވާ ޚަބަރަކީ އަސްލެތްނެތް ސާފު ދ...

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ
Raajje

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ

މިއަދު އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 14:45 ހާއިރު ކަމަށެވެ. މި ދޯނީގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ، އަލިފާން ރޯވީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ “ހަމްދު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްގައި ކަމަށެވެ. މި ދޯނީގައި އަލިފާން […]

އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިފަހަރު ރައީސް މުޢިއްޒު: ޤާސިމް
Raajje

އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިފަހަރު ރައީސް މުޢިއްޒު: ޤާސިމް

އެކުވެރި ދައުލަތްތައް (އދ) މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 59 އަހަރުގެ ތެރޭގައި އެންމެ ސާބިތުކަމާއެކު، އެންމެ ފުރިހަމައަށް ޤައުމު ތަމްސީލްކޮށްދެއްވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވެމުން ޤާސިމް ވަނީ ރައީ...

ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
Raajje

ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

ކ. ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ތިލަފުށި ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފައެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، ދިގުމިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ލިބުނީ ރޭ 00:24 ހާއިރުއެވެ. މިރިޕޯޓު ލިބުމާއެކު ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން، ޑިންގީއަށް އެއްވެސް ގެއްލުމ...

ސަމާލުވޭ! ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުން އިތުރުވެއްޖެ
Raajje

ސަމާލުވޭ! ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުން އިތުރުވެއްޖެ

ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ. ފުލުހުން ބުނިގޮތުގައި އެ މުއައްސަސާގެ ތަހުގީގުތަކުން ދައްކާގޮތުގައި، މިފަދަ ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް އުފައްދަނީ ވަކި ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވ...

''ކޮފްސީ ސިރަޕް'' ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި
Raajje

''ކޮފްސީ ސިރަޕް'' ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ”ކޮފްސީ ސިރަޕް”ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކުރުމަށްފަހު، އަލުން އެ ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ. އެމްއެފްޑީއޭ އިން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދިޔަ ”ކޮފްސީ ސިރަޕް 100 އެމްއެލް”ގެ އޭރު ހުރި ބެޗްގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން ބޭހުގެ ރަ...

އދ.ގެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
Raajje

އދ.ގެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅު ނިންމާލެވުމަށްފަހު ރައީސް އެމެރިކާގެ ނިއުޔޯކުން ފުރައިވަޑައިގަތީ އިއްޔެއެވެ. ރައީސް މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުޙަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ އިސްވެރިންނެވެ. ރައީސް...