ދޮގުހެދުމާއި ދޮގު ޚަބަރުފެތުރުމަކީ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއް: ރައީސް
ދޮގުހެދުމާއި ދޮގު ޚަބަރުފެތުރުމަކީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީންކަމުގައި އެމަނިކުފާނު ދެންނަވާފައިވާކަން ފާހަގަކުރަށްވަމުން ވިދާޅުވީ، އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން...