ސްޕާއަކުން ތައިލެންޑް އަންހެނުންތަކަކާއި ދިވެއްސަކު ހައްޔަރުކޮށްފި
މާލޭގެ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ތައިލެންޑެންޑަށް ނިސްބަތްވާ އަންހެނުންތަކަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެތަނަށް ވަދެ ބަލައިފާސްކޮށްފައި ވަނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. މިދިޔަ އަންގާރަދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި...