އަންނަ އަހަރަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ: ޝަހީމް
އަންނަ 2025 އަހަރު ހައްޖަށް ދިޔުމަށް ޖާގަ ލިބިފައިވާކަން ޔަގީންކަން ދެވިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. އަންނަ އަހަރުގެ ހައްޖަށް މީހުން ގެންދިޔުމުގައި ނުފޫޒުކަންކަން ނިންމާކަމަށް ދޭހަވާގޮތަށް މީސްމީޑިއާގައި އަންނަނީ ބައެއް މީހުން އަޑުފަތުރަމުންނެވެ. މިގޮތަށް އަޑުފަތުރާތީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހިޖުރީ 1446 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ހައްޖު...