ކުރިއަށް އޮތީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރު: ރައީސް
ކުރިއަށް އޮތް 2025 އައި 2026 ވަނަ އަހަރަކީ، މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު...