އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ: މިނިސްޓްރީ
މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެކަމަށް މިނިސްޓްރީން ބުނެފިއެވެ. މިއަދު ހެނދުނު ހައުސިން މިނިސްޓްރީއާއި ކޮންޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވުމުގެ ސަބަބުން އެ އިމާރާތް އެއްކޮށްހެން ވަނީ އަނދާފައެވެ. މި ހާދިސާއާއި ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، މި ހާދިސާ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބަލަހައްޓަމުންދާ ގެދޮރުވެރިކަމާބެހޭ ސްކީމްގެ އެއްވެސް މައުލޫމާތަކަށް އަސަރު ނުކުރާނެ...