ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ދެ ކާރުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.