''މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހދ.އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރުން މަންފާއެއްނެތް''
ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ތަޖުރިބާ ދަތުރަށް 952،885 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ދަތުރުން ލިބުނު ތަޖުރިބާއިން ހދ.އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއްކޮށްފާ ނުވާކަމަށް އޮޑިޓަރ ޖެނެރަލް މިއަދު އާންމުކުރި ”ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”ގައި ބުނެފިއެވެ. މި ރިޕޯޓުގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލް އިދާރާއިން ޚަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކ...