މުޅި ރާއްޖޭގައި މަގުހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފެށޭނެ: ރައީސް
މުޅި ރާއްޖޭގައިވެސް މަގު ހެދުމުގެ މަޝްރޫޢު މި އަހަރު ފަހުކޮޅު ފަށައި، މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުހެދުމުގެ މަސައްކަތްތައް ކުރަން ކަނޑައަޅާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މަގުހެދުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަޢުދެއްކަމަށ...