ނަތަންޔާހޫގެ ކިޔެވި ސްކޫލުގައި ބަހައްޓާފައި ހުރި އޭނާގެ ފޮޓޯ ނެގުމަށް ދަރިވަރުންގެ ޕެޓިޝަނެއް
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކިޔެވި ސްކޫލުގެ ދަރިވަރުން އެ ސްކޫލުގެ ހޯލް އޮފް ފޭމްއިން އޭނާގެ ފޮޓޯ ނެގުމަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ފިލަޑެލްފިޔާ ކައިރީގައިވާ ޗެލްޓެންހަމް ހައި ސްކޫލުގެ 200 އަށްވުރެ ގިނަ ދަރިވަރުން މި ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ. ސްކޫލުގެ ދަރިވަރުންގެ 14 އިންސައްތަ އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ މި ގްރޫޕުން އެމީހުންގެ އީމެއިލްގައި ބަޔާންކޮށްފައިވަނީ ނެތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ދައުވާ...