ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މ...