ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން “ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް” ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހު (މިއަދު) މެންދުރުފަހު އދ. ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްރާއީލްގެ މި ނިންމުން ފުޅާދާއިރާއެއްގައި ކުށްވެރިކުރުމާއެކު މި ކުއްލި ބައްދަލުވުން ބާއްވަން އެދިފައިވަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެން...