''ސުންދަރަލިންގަމް ކޫޑަލިންގަމް'' އަކީ ދިވެއްސެއްނޫން: އިމިގްރޭޝަން
އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމް ކޮށްފައިވާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. އިމިގްރޭޝަނުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން އެ ޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފައިވާކަމަށް ބުނާ ”ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހާއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ޚަބަރުފަތުރާފައިވާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ. ”މި މައްސަލައާއި ގުޅިގެނ...