މުޅި ހުޅުމާލެއަށް މިހާރު ކަރަންޓުދެވިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯޯއިން ބުނީ މިހާރު ވަނީ މުޅި ހުޅުމާލެއަށް ކަރަންޓު ދެވިފައިކަމަށެވެ. އަދި މާލޭގެ ގިނަ ސަރަޙައްދުތަކަށް މިހާރު ކަރަންޓު އަލުން ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
''މާލޭގެ ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުން.'' ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެކަމަށެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!