މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:35 ހާއިރުއެވެ.

Ad
rt

''ކަރަންޓް އަލުން ދެމުން ދަނީ، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ލިބޭނެ'' ސްޓެލްކޯއިން ބުންޏެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑެން ދިމާވި ސަބަބެއް ސްޓެލްކޯއިން އަދި ހާމައެއް ނުކުރެއެވެ.

ކަރަންޓް ދިޔުމާއެކު ދިމާވެ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެއިރު އެ ކުންފުނިން ވަނީ ބުނެފައެވެ.