ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް އައިޖީއެމްްއެޗްގައި
ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލް އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް ކާމިޔާބުކަމާއެކުކޮށް، މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. އައި.ޖީ.އެމް.އެޗުން ބުނީ އެ ހޮސްޕިޓަލްގެ އެމް.ސީ.ޖީ.އެޗްގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓުން ވަނީ މި ސާޖަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ސާޖަރީތަކުގެ ތެރޭގައި ފުލް އެންޑޮސްކޮޕިކް ޓްރާންސްފޮރަމިނަލް އަދި އިންޓަރލެމިނަރ ސަރޖަރީތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ...