ނޭޕާލު އަންހެނަކަށް ވަޅިން ހަމަލާދިން ބަންގްލަދޭޝް މީހާ ޝަރީޢަތް ނިމެންދެން ބަންދަށް
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލު އަންހެނަކަށް އިއްޔެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއް 27 ޖަހަންގީރު މިއާ (25 އަހަރު) ފުލުހުން ހައްޔަރުކުރީ 2025 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ (އިއްޔެ) ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން...