ދިވެހި ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިރޭ އާންމުކޮށްފިއެވެ.

މި އުސޫލުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަތުމާއި، ފަންނުވެރިންގެ ދައުރު ފުޅާކުރުމާއި، ފަންނުވެރިކަމުގެ ދާއިރާތައް ދަފު ތަރުކޮށް ބެލެހެއްޓުމާއި އަދި ފަންނުވެރިކަމުގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި
ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ.

Ad
rt

މި އުސޫލުގައި ވަނީ ދިވެހި ފަންނުވެރިން ގިންތި ކުރެވޭނެ މައިގަނޑު ދެ ދާއިރާއެއް ކަނޑައަޅާފައެވެ. އެއީ،

ޕާރފޯމިންގ އާޓްސް: މިއީ މިއުޒިކް، ނެށުން، ޑްރާމާ، ތިއޭޓަރު އަދި ކުޅިވަރުތައް ފަދަ ދާއިރާތަކެވެ. މީގެ ތެރޭގައި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ
ކުޅިވަރުތައް ހިމެނެއެވެ.

ވިޝުއަލް އާޓްސް: މި ދާއިރާގައި ހިމެނެނީ، ޕެއިންޓިންގ، ކުރެހުން، ކަލިގްރަފީ، ރިހިނެގުން (Sculpture)، ފޮޓޯގްރަފީ އަދި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.

މި އުސޫލުގެ ދަށުން ފަންނުވެރިން ދަފުތަރުކުރުމަށް އެދި ހުށަހަޅަންޖެހެނީ އެންސީއޭގެ ވެބްސައިޓުގައިވާ "ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު'' ހުށަހަޅައިގެންނެވެ.

މި އުސޫލުގެ ދަށުން ދަފުތަރުކުރާ ފަރާތްތަކަށް، އެންސީއޭގެ "ފަންނުވެރިންގެ ދަފުތަރު" ގައި ދަފުތަރުކުރެވިފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ނުވަތަ އިލެކްޓްރޯނިކް ސެޓުފިކެޓެއް އެތަނުން ދޫކުރާނެއެވެ.

މި އުސޫލު ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރުމާއެކު މި މިންގަނޑަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.