ފަންނުވެރިން ގިންތި ކުރެވޭ ދާއިރާތައް ކަނޑައަޅައި ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު އާންމުކޮށްފި
ދިވެހި ފަންނުވެރިން ދަފުތަރުކުރުމުގެ އުސޫލު ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން މިރޭ އާންމުކޮށްފިއެވެ. މި އުސޫލުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަތުމާއި، ފަންނުވެރިންގެ ދައުރު ފުޅާކުރުމާއި، ފަންނުވެރިކަމުގެ ދާއިރާތައް ދަފު ތަރުކޮށް ބެލެހެއްޓުމާއި އަދި ފަންނުވެރިކަމުގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ޓަކައި ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. މި އުސޫލުގައި ވަނީ ދިވެހި ފަންނުވެރިން ގިންތި ކުރެވޭނެ...