މި އަހަރު މާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ފަށަނީ
މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ރައީސް މި ކަން އިޢުލާނު ކުރެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ. “ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް […]