އެމްޑީޕީން އަންނަ މަހު ވެސް މުޒާހަރާއެއް ބާއްވަނީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުކުރު ދުވަހުގެ ރޭ ކުރި “ލޫޓުވައިފި” މުޒާހަރާއާ ގުޅިގެން އެ ޕާޓީން ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އަންނަ މަހުގެ 17 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްތިފާގުން މިރޭ ނިންމައިފި އެވެ. މި ނިންމުން ނިންމީ ހޯރަފުށި ދާއިރާގެ ރައީސް އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރަކަށް ފަހު އެވެ. […]