މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,964 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްދެނީ
Raajje

ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްދެނީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިކަން ޢިއުލާންކުރަށްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ އާބާދީ ބޮޑުވެ، ބީޗުތައް ހުސްވަމުންދާތީ، އާންމު ރައްޔިތުންނާއި ޓޫރިސްޓުންނަށް ޕި...

ބޭސް ހޯދުމާއި އިދާރީ ހިންގުން ފަސޭހަކުރުމަށް އައު ނިޒާމެއް ތަޢާރަފުކުރަނީ
Raajje

ބޭސް ހޯދުމާއި އިދާރީ ހިންގުން ފަސޭހަކުރުމަށް އައު ނިޒާމެއް ތަޢާރަފުކުރަނީ

ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭސް ހޯދުމާއި އިދާރީ ހިންގުން ފަސޭހަކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ސީދާ މުޢާމަލާތްކުރެވޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުމަށް ޚާއްޞަ ސަރުކާރު...

ފުލުހުންނާމެދު ނަފުރަތު އުފެދޭގޮތަށާއި ބިރުހީވާގޮތަށް ޢަމަލުކުރާމީހުންނާމެދު ފިޔަވަޅުއަޅަނީ
Raajje

ފުލުހުންނާމެދު ނަފުރަތު އުފެދޭގޮތަށާއި ބިރުހީވާގޮތަށް ޢަމަލުކުރާމީހުންނާމެދު ފިޔަވަޅުއަޅަނީ

ފުލުހުންނާމެދު ނަފުރަތު އުފެދޭގޮތަށް އަދި ބިރުހީވާގޮތަށް ޢަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ 3 އޮކްޓޯބަރ 2025 މާލޭގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން މަގުމައްޗަށް ނިކުމެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ޤާއިމުކުރުމަށް މަސައްކަތްކުރިކަމަށެވެ. މި ހާދިސ...

ފެންފުށީގައި ފަސް މަޝްރޫޢުއެއް ފަށައި ދެ މަޝްރޫޢުއެއްގައި ސޮއިކޮށްފި
Raajje

ފެންފުށީގައި ފަސް މަޝްރޫޢުއެއް ފަށައި ދެ މަޝްރޫޢުއެއްގައި ސޮއިކޮށްފި

އދ. ފެންފުށީގައި ފަސް މަޝްރޫޢުއެއް އަލަށް ފަށައި، އިތުރު ދެ މަޝްރޫޢު ފެށުމަށް މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުތައް ފެށި ރަސްމިއްޔާތާއި، ސޮއިކުރި ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރަސްމިއްޔާތުގައި ސޮއިކުރެވުނު ދެ މަޝްރޫޢަކީ ފެންފުށީގައި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަޝްރޫޢުތަކެވެ. މީގެ އިތުރުން، އެރަށު ސިއްޙީ މަރުކަޒު، ފުލުހުންގެ މަރުކަޒު، ކުނި މެނޭޖްކުރާ މަރުކަޒު، ފުޓުބޯޅަ ދަނޑުގެ...

އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ
Raajje

އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރަށްވަމުންނެވެ. މި ބައްދަލުވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރި ތަނުގެ ސަބަބުން ހުޅަނގު މޫސުމުގައި ބަނދ...

ދިގުރަށުން އިތުރު ގޯތި ދިނުމަށް ސަރުކާރުން އެހީތެރިވަނީ
Raajje

ދިގުރަށުން އިތުރު ގޯތި ދިނުމަށް ސަރުކާރުން އެހީތެރިވަނީ

އދ. ދިގުރަށުން އިތުރު 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫޒް ޕްލޭނާއި އެކަމާގުޅޭ އުޞޫލު ހެދުމުގައި ސަރުކާރުން އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނު އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވިގޮތުގައި، ދިގުރަށު ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަ...

ދަނގެތީގެ ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ބޮޑު އިސްކަމެއް ދޭނަން: ރައީސް 
Raajje

ދަނގެތީގެ ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ބޮޑު އިސްކަމެއް ދޭނަން: ރައީސް 

އދ. ދަނގެތީގެ ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އދ. ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑު...

އޮމަދޫ ރައްޔިތުންނަށް ނަފާ ލިބިދިނުމަށް އެރަށަށް ތިން ފަޅު ދީފި
Raajje

އޮމަދޫ ރައްޔިތުންނަށް ނަފާ ލިބިދިނުމަށް އެރަށަށް ތިން ފަޅު ދީފި

އދ. އަތޮޅުގެ ތިން ފަޅެއް އެއަތޮޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ އެއަތޮޅު ކުޑަދޫފަޅު ހިމެނޭހެން އިތުރު ދެ ފަޅެކެވެ. އެއީ އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ފަޅުތައް ދީފައި ވަނީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ. މިއީ ރައީސްގެ ވަޢުދުފުޅެކ...

މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބިބައެއް: ފަލާހް
Parliament

މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބިބައެއް: ފަލާހް

މަގުމަތީގެހަމަޖެހިމާއި ރައްކާތެރިކަން ހިފަހައްޓަން ބަލާއިރު މަޖިލީހުގެ މެމްބަރުންނަކީ ރާއްޖޭގެ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބިބަޔެއްކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލިޑަރުގެ ގޮތުގައި ވެސް ހުންނެވި ފަލާހް މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ”އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ...

ރައީސް އދ.އަތޮޅަށް ފުރާވަޑައިގެންފި
Raajje

ރައީސް އދ.އަތޮޅަށް ފުރާވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ (އދ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުޢިއްޒު، ފުރާވަޑައިގަންނަވައިފިއެވެ، ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަ...

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް
Raajje

ހާއްސަ ލުއިތަކާއެކު ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުއެއް

ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށް، ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިންގ މާކެޓެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކު...

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް: ރައީސް
Raajje

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް: ރައީސް

އައްޑޫގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާ ގުޅިގެން، އެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރިފަރަންޑަމްއެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫގެ ފޭދޫ، ހު...

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށްފަހު ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށްފަހު ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފަހު މައުލޫމާތު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމާއި ގުޅުންހުރި ފަރާތްތަކާއި މިއަދު ހިއްސާކޮށްފިއެވެ. ހުޅުލޭ އައިލެންޑް ހޮޓަލުގައި މިކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކާގައި، އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާކަމަށެވެ. މީގެ އިތުރުން އެމްއޭސީއެލުން ހަނިމާދޫ އި...

ބިދޭސީންގެ ފީތައް ގަވާއިދުން ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި
Raajje

ބިދޭސީންގެ ފީތައް ގަވާއިދުން ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި

ބިދޭސީންގެ ފީތައް ގަވާއިދުން ދައްކާ ވަޒީފާދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، 1 ސެޕްޓެމްބަރު 2024 ގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދަނީ ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. މި މައްސަލައަށް ހައްލެއް ގެނައ...

މޯލްޑިވްގޭސްގެ ރަސްމީ ލޯގޯ އަލުން ފަރުމާކުރަނީ
Business

މޯލްޑިވްގޭސްގެ ރަސްމީ ލޯގޯ އަލުން ފަރުމާކުރަނީ

ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވްގޭސްއިން އެ ކުންފުނީގެ ރަސްމީ ލޯގޯ އަދި ބްރޭންޑިންގ ކިޓް އަލުން ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ ނޮވެމްބަރު 5 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ލޯގޯގެ ޑިޒައިން ހުށަހަޅަންޖެހެއެވެ. ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޑިޒައިނެއް ހޮވައި، އެ ޑިޒައިނެއް ހުށަހެޅި ފަރާތަކަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ކުންފުނިން […]