މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,451 Stories
2,925 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ލަންކާއަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ބާއްވާ ޓެލެތޯން ފަށައިފި
Raajje

ލަންކާއަށް އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ބާއްވާ ޓެލެތޯން ފަށައިފި

އަވަށްޓެރި ސްރީލަންކާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯން މިއަދު ފަށައިފިއެވެ. މި ޚާއްސަ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށެވެ. މި ޓެލެތޯން ފަށާފައި މިވަނީ މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ”ޑިތުވާ”އާ ގުޅިގެން އެޤައުމު ކާރިސީ ޙާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބަ...

ރައީސް އިނގިރޭސިވިލާތަށް
Raajje

ރައީސް އިނގިރޭސިވިލާތަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، އިނގިރޭސިވިލާތަށް ރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައެވެ. މި މުހިންމު ބައްދަލުވުމުގައި، ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެ...

ލަންކާ ކުއްލި ހާލަތުގައި، ތޫފާނު މަޑުމަޑުން ލަންކާ އާއި ދުރަށް
International

ލަންކާ ކުއްލި ހާލަތުގައި، ތޫފާނު މަޑުމަޑުން ލަންކާ އާއި ދުރަށް

ސްރީލަންކާއަށް ބޮޑު ގެއްލުމެއް ދިން ތޫފާން ”ޑިޓުވާ” އަސަރުތަކާ ގުޅިގެން، އެ ޤައުމުގެ ސަރުކާރުން ވަނީ ކާރިސާގެ އެހީތެރިކަން އަވަސްކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. ނޮވެމްބަރު 29، 2025 ވާ ދުވަހާ ހަމައަށް އެންމެ ފަހުން ސްރީލަންކާއަށް އަސަރުކުރި ތޫފާން ”ޑިޓުވާ” މިހާރު ލަންކާއާއި ދުރަށް ޖެހި، އިންޑިއާގެ އައްސޭރިއާ ދިމާލަށް ދަތުރުކުރަމުން ދިޔަ ނަމަވެސް، ލަންކާ އަށް ވަނީ ބޮޑެތި އިންސާނީ އަދި ޢުމްރާނީ ގެއްލުންތަކެއް ލިބިފައެވެ. އިންސާނީ ގެއްލުންތަކާއި ހާލަތު މި ކާރިސާގައި […]

އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް
Thiladhunmathi News

އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް

ހއ. ދިއްދޫގައި އިއްޔެ ހުޅުވި އިސްލާމީ މަރުކަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާ އަދި އިނާމުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވިގެންދިޔުމާއި ގުޅިގެން ދިއްދޫގައި ހުންނަަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ލަތީފް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަކީ، ދިއްދޫ އާއި މުޅި ހއ.އަތޮޅު އަދި މުޅި ޤައުމުގެ ރައްޔިތުންނަށް ވެސް ލިބިދިން ދީނީ އަދި ޢިލްމީ...

ލަންކާއަށް އެހީވުމަށް ރާއްޖެއިން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
International

ލަންކާއަށް އެހީވުމަށް ރާއްޖެއިން 50،000 ޑޮލަރާއި 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ދިވެހި ސަރުކާރުން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރުމަށް ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުމަކީ، “ޑިޓްވާ” ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މި އެހީތެރިކަން ރަމްޒުކޮށްދެނީ ދިވެހިރ...

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް
Raajje

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ”ޑިޓުވާ” ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، ”ޑިޓުވާ” ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. […]

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި
Raajje

ޕީއެސްއެމްގެ އެމްޑީ ނަސްރީން އިސްތިއުފާ ދެއްވައިފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ނަސްރީން އިސްތިއުފާ ދެއްވީ ކުރު މުއްދަތެއްގެ ތެރޭގައި އެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ. ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ، އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ. ދައުލަތުގެ މީޑިއާއާ ގުޅިވަޑައިގެންނެވިތާ 15 އަހަރު ވެފައިވާ […]

އިހަވަންދޫ ރަސްތަރި ޤުރްއާން މުބާރާތް ނިންމުން މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ޝަހީމް
Thiladhunmathi News

އިހަވަންދޫ ރަސްތަރި ޤުރްއާން މުބާރާތް ނިންމުން މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ޝަހީމް

ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ “ރަސްތަރި ޤުރްއާން މުބާރާތް 2025” ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރޭ 20:15 ގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މިމުބާރާތުގެ ފުރަތަމަ އަދި ދެވަނަ ރައުންޑް ނިމި، ގަދަ 5 ބައިވެރިން މިހާރު ހޮވާފައިވާއިރު، މިހާރު ކުރިއަށް ދަނީ ގަދަ ފަސް ބައިވެރިންނާއެކު މިމުބާރާތުގެތިންވަނަ ރައުންޑެވެ. މި މުބާރާތުގެ ގަދަ ފަސް ބައިވެރިންނަށް ހޮވިފައި ވަނީ […]

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ޙަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތަކާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބުދުﷲ ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ އިއްޔެ (28 ނޮވެމްބަރު 2025) ގައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސ...

މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް
Raajje

މޫސުމީ މި ކާރިސާއަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއް: ރައީސް

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކަށް ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ޤައުމުތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި ކާރިސާތަކަކީ މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި، ތައިލެންޑް، އިންޑޮނޭޝިޔާ އަދި ވިއެޓްނާމްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ،...

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ
Raajje

ހައިވޭގައި ހިނގި އެކްސިޑެންޓްގައި ދިވެހި ފިރިހެނަކަށާއި އިންޑިއާ އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް ދާ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށާއި، ސައިކަލްގެ ފަހަތުގައި އިން އިންޑިއާ އަންހެނަކަށެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 09:00 ހާއިރު ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހަ...

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި
Raajje

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގ...

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި
Raajje

އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ފޭސް 3 ހިއްކުން ހަލުވިކޮށްފި

ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މި މަސައްކަތުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކުރައްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވެސް މި މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ނޮވެމްބަރު 25، 2025 ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި...

ލަންކާގެ މޫސުމީ ކާރިސާ: ރޭއްސުރެ ރުކެއްގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި
International

ލަންކާގެ މޫސުމީ ކާރިސާ: ރޭއްސުރެ ރުކެއްގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ކާރިސާގައި، ކަލާ ވެވުގެ ފެންބޮޑުވުމާ ގުޅިގެން އަނޫރާދަޕޫރާގައި ރޭއްސުރެ ބޮޑު ރުކެއްގައި ނުފޭބި ތާށިވެފައި އޮތް މީހަކު، ސްރީލަންކާގެ ވައިގެ ސިފައިންގެ ބެލް-212 ހެލިކޮޕްޓަރެއް ބޭނުންކޮށްގެން މިއަދު ހެނދުނު ސަލާމަތްކޮށްފިއެވެ. ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިމީހާ ސަލާމަތްކުރީ ފެންބޮޑުވުމުގެ ސަބަބުން ކާރިސާގެ ތެރޭގައި ތާށިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިންނެވެ. މީގެ އިތުރުން، ޕޮލ...

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް
Thiladhunmathi News

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް މިއަދު އެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. ދިއްދޫގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، އައްސައިޚް މުޙައްމަދު ލަތީފާއި، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، އެ ވުޒާރާގެ ވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، […]