އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް
އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އެޑްސް ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަލި ނައްތާލުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، “އެއިޑްސްއާ ކުރިމަތިލުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް، އެކަމަށް އާ ބަދަލެއް ގެނައުން” މި ޝިޢާރުގެ...