ފިޝަރީޒް މިނިސްޓަރާއި ބައްދަލުވަންދެން އިހްތިޖާޖު ހުއްޓައެއްނުލާނަން: ބީކޭއެމްޔޫ
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާއި ބައްދަލުވަންދެން ކަންނެލި މަސްވެރިން ކުރަމުން އަންނަ އިހްތިޖާޖު ހުއްޓައެއްނުލާނެކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ. އެ ޔޫނިއަނުގެ ބައެއް މެމްބަރުންނާއި ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެ މެމްބަރުންނާއި ދޯނިތައް ދޫކޮށްލުމަށް ގޮވާލައި ބީކޭއެމްޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިހްތިޖާޖުގެ ތެރެއިން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް...