އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފިއެވެ.
މިއީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް، މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ދެވަނަ ކޮންފަރެންސްއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު، ޔަޙްޔާ އަލްޤަހްޠާނީއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޙައްޖު ޢުމްރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޙައްޖާޖީންނަށް ފަސޭހަކޮށްދިނުމަށް މަގުފަހިކުރުމެވެ.
ކޮންފަރެންސްގެ ތެރެއިން މުހިއްމު މަޢުޟޫއުތަކަށް ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި، ވުޒާރާގެ ފަރާތުން ހުށަހަޅުއްވާނެ "ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު" މި މަޢުޟޫއަށް ޚާއްޞަ ޕްރެޒެންޓޭޝަނެއް ހިމެނެއެވެ.
ކޮންފަރެންސްއާ ގުޅިގެން، ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ދައްކާލުމަށް ޚާއްޞަ އެގްޒިބިޝަނެއްވެސް ވަނީ ހުޅުވާލާފައެވެ. މި އެގްޒިބިޝަން މިއަދު ހަވީރު 17:00 އާއި ހަމައަށް، އަދި މާދަމާ (ހުކުރު ދުވަހު) ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކުރިއަށްދާނެއެވެ. އާއްމު ރައްޔިތުންނަށް މި އެގްޒިބިޝަނަށް ޒިޔާރަތްކޮށް، ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!