މިފްކޯއަށް ގަންނަ ކިލޯއަކަށްވުރެ ބަރު މަހަށް މަތީއަގު، މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލެއް
މިއަދުން ފެށިގެން، މިފްކޯއިން މަސް ގަންނާނީ 1 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށް އެންމެ މަތީ އަގު ދޭގޮތަށްކަމަށާއި އަދި އެ ކުންފުނިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ރައީސް މުހައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވ...