ޗައިނާގެ ޔުއާންގެ އަގު ފާއިތުވި 33 މަސްދުވަހުގެ ތެރޭގައި އެންމެ މައްޗަށް ޖެހިލައިފި
ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ޗައިނާގެ ފައިސާ ކަމަށްވާ ޔުއާންގެ އަގު ޑޮލަރާ އަޅާބަލާއިރު ވަރުގަދަވެ، ފާއިތުވި 33 މަސްދުވަހުގެ ތެރޭގައި އެ ފައިސާގެ އަގު އެންމެ މައްޗަށް ޖެހިލައިފި ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު މުއާމަލާތްތައް ނިމުނުއިރު، ޗައިނާގެ އޮންޝޯ ޔުއާންގެ ރޭޓު ހުރީ 6.9362 ގައެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު 151 ބޭސިސް ޕޮއިންޓުގެ ކުރިއެރުމެކެވެ. މިއާއެކު، މިދިޔަ ޖެނުއަރީ މަހުގެ […]