އިހަވަންދޫގައި މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރަން ހުޅުވާލައިފި
ހއ. އިހަވަންދޫގައި ދިގު މުއްދަތަށް މަސްކައްކައި މަސްވެރިކަމާ ގުޅޭ އެކި މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލް އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުން 3,000 އަކަފޫޓުގެ 04 ބިން ދޫ...