ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި
ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ މި މިސްކިތަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ، ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދު ޒ...