ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަނގްލަދޭޝްއަށް
ބަނގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިރޭ ފައްޓަވައިފިއެވެ. މި ދަތުރުފުޅަކީ ބަނގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅުގައި ރައީސް ބަނގްލަދޭޝްގެ އައު ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮ...