ދިއްދޫ ޓީމަށް ސަޕޯޓްކުރަން ބާރަށުން ދާން ބޭނުންވާ މީހުންނަށް ޚާއްސަ ދަތުރެއް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ކުޅޭ ފުރަތަމަ ހޯމް މެޗުގައި، އެ ޓީމަށް ހިތްވަރުދީ ސަޕޯޓުކުރުމަށް ދާން ބޭނުންވާ ބާރަށު ރައްޔިތުންނަށް ޚާއްސަ ފެރީ ދަތުރެއް ހަމަޖައްސައިފިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ދިއްދޫގައެވެ. ބާރަށު ކައުންސިލުން ހާމަކުރި ގޮތުގައި، ދިއްދޫ ޓީމަށް ސަޕޯޓްކުރަން ދާ މީހުންނަށް ޚާއްޞަކޮށްފައިވަނީ ހއ. އަތޮޅު ފެރީއެވެ. އަދި މި ފެރީން ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނީ، 105 މީހުންގެ ޖާގަ ފުރެންދެން ކަމަށްވެސް އެ ކައުންސިލުން […]