ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފިޓްނަސް ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އާއި ޝޭޕް ފިޓްނަސް ސެންޓަރ އަދި ފިސަޕް އިންޓަރނޭޝަނަލް ގުޅިގެން، ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

Ad
rt

މި ކޯހުގެތެރެއިން، ޚާއްޞަކޮށް ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން، ޞިއްޙަތާއި ކަސްރަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރެވޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެއްވައެވެ.

މި ކޯސް ކުރިޔަށް ގެންދަވާނީ ޝޭޕް ފިޓްނަސް ސެންޓަރ އަދި ފިސަޕް އިންޓަރނޭޝަނަލްގެ ފަރާތުންނެވެ.

ޢުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 8 އިން 9 އޮކްޓޫބަރު 2026 އަށެވެ.

ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުތީމު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނަންނޯޓު ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ 7 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:00 އެވެ.