Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
441 Stories
3,852 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކޮށްގެން 15000ރ.
Thiladhunmathi News

ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކޮށްގެން 15000ރ.

ހއ.ދިއްދޫ ކައުންސިލް އިދާރާގެ ލޯގޯ،ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިއެވެ. އެ ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މުބާރާތެއްގެ ސިފައިގައެވެ. މި މުބާރާތަށް ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް، ފައިސާގެ އިނާމުގެ ގޮތުގައި 15000.00 ރުފިޔާ ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. ދިއްދޫ ކައުންސިލުން ބުނާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ހއ. ދިއްދޫ ކައުންސިލުން ބ...

''ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން''
Column

''ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން''

އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތްކަމަށާއި، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. “ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު” މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ގެނެސްދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺ އަށް ކިޔަމަންވުމަށް ކީރި...

ކުޅުދުއްފުށީގައި ދިވެހި ރެޑް ކްރެސެންޓް އިން މިއަދު އާއިލީ ހަވީރެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދިވެހި ރެޑް ކްރެސެންޓް އިން މިއަދު އާއިލީ ހަވީރެއް

ދިވެހި ރެޑް ކްރެސެންޓް ކުޅުދުއްފުށީ ސިޓީ އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށީ ސިޓީގައި މިއަދު ޢާއިލީ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެއެވެ. “ހިޔުމެނިޓޭރިއަން ފެސްޓިވަލް” ގެ ނަމުގައި މި ހަވީރު ބޭއްވުމަށް ނިންމާފައި ވަނީ އެ ސިޓީގެ ރަށްމަތިފަންނުގައެވެ. ހަވީރު ކުރިއަށް ގެންދަން ނިންމާފައި ވަނީ 14 އޯގަސްޓް 2026 ވާ ހުކުރު ދުވަހުގެ ހަވީރު  16:15 އިން 17:45 އަށެވެ. ދިވެހި ރެޑް ކްރެސެންޓްގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ އިދާރާއިން އިންތިޒާމްކޮއްގެން ބާއްވާ މި ފެސްޓިވަލަކީ ކުޅުދުއްފުށީ […]

މާއުނގޫދޫގައި ލޭ ހަދިޔާކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް
Thiladhunmathi News

މާއުނގޫދޫގައި ލޭ ހަދިޔާކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް

ށ. މާއުނގޫދޫގައި ލޭ ހަދިޔާ ކުރުމުގެ ފައިދާތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ކަނބަލުން ހޭލުންތެރި ކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަނަކީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ ކޮމެޓީ) އާއި އެ ރަށު ޞިއްޙީމަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ބުރާސްފަތި ދުވަހުގެ ރޭ މާއުނގޫދޫ ކައުންސިލް އިދާރާގައި ބޭއްވި މި ސެޝަންގައި އެރަށުގެ ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ލޭ ހަދިޔާކުރުމަކީ، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރެވޭނ...

ޤައުމީ ދުވަހައް ބާރަށް ވެސް ތައްޔާރު، ޝިޔާމާއެކު ފޯރިގަދަ ޝޯވް އެއްވެސް އޮންނާނެ
Thiladhunmathi News

ޤައުމީ ދުވަހައް ބާރަށް ވެސް ތައްޔާރު، ޝިޔާމާއެކު ފޯރިގަދަ ޝޯވް އެއްވެސް އޮންނާނެ

ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނުގެ ޤައުމީ ޖިހާދުގައި މުހިންމު ދައުރެއް އަދާކުރި އެއް ރަށް ކަމަށްވާ ހއ. ބާރަށުގައި ވެސް ކުލަގަދަކޮށް ގައުމީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވެއްޖެއެވެ. ބާރަށަކީ އެތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅު، ކަޅުއޮއްފުއްމި ބެންނެވި ރަށެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމަށް ބާރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ނަމޫނާ މަސައްކަތްތަކެއްކޮށް ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތްކޮށްފައެވެ. ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާ އެއް ރަ...

އުރީދޫ އިން ދެ ކަސްޓަމަރަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓު ލިބޭ ''މާސްޓަރކާޑު ގިވްއަވޭ'' ޕްރޮމޯޝަނެއް
Business

އުރީދޫ އިން ދެ ކަސްޓަމަރަކަށް މެލޭޝިޔާ ދެކޮޅު ޓިކެޓު ލިބޭ ''މާސްޓަރކާޑު ގިވްއަވޭ'' ޕްރޮމޯޝަނެއް

އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ކުންފުނިން “މާސްޓަރކާޑު ގިވްއަވޭ” ޕްރޮމޯޝަން އިފްތިތާޙުކޮށް، ދެ ކަސްޓަމަރަކަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕަރއެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަރކާޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މި ޝަރުޠު ހަމަވާ ކޮންމެ މުޢާމަލާ...

މަރޮށީ މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް ސެޕްޓެމްބަރުގައި
Thiladhunmathi News

މަރޮށީ މަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް ސެޕްޓެމްބަރުގައި

ށ. މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން، އެރަށަށް ނިސްބަތްވާ އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު / ޙުސެންބެ)ގެ ހަނދާނުގައި ބާއްވާ “އަލްމަރްޙޫމް ޙުސައިން ޢަބްދުﷲ ގެ ހަނދާނީ ޤުރްއާން މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޖުމްލަ 9 އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށް، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، […]

ނަރުދޫ ކައުންސިލްގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ށ. ނަރުދޫ ކައުންސިލުން، އެ ރަށުގައި ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ ހޭންޑްބޯލްގެ ހުނަރު ކުޅުންތެރިންނަށް އިތުރުކޮށްދީ، ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުންކަމުގައި ނަރުދޫ ކައުންސިލްގެ ނައިބްރައީސް އަޙްމަދު މާހިރު ވިދާޅުވިއެވެ. އަދި ރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމަކީ ވެސް ކައުންސިލްގެ އަމާޒެއްކަމުގައި މާހިރު ވިދާޅުވ...

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި  ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް...

ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ''ޕޮޒިޓިވް ޕޭރެންޓިން ސެޝަން'' އެއް، ބައިވެރިވާން ހުޅުވާލައިފި

ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ) އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ބާއްވާ މަލްޓިޕަރޕަސް ހެލްތު ޓުރިޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ  “ޕޮޒިޓިވް ޕޭރެންޓިން ސެޝަން” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ( ކޭ.އާރް.އެޗް ) އިން ހުޅުވާލައިފިއެވެ. ޕޮޒިޓިވް ޕޭރެންޓިން ސެޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6528864 އަށް މިއަދުގެ 15:00 އިން ފެށިގެން ގުޅުއްވާ ނުވަތަ އެ ހޮސްޕިޓަލްގެ ވެބްސައިޓް www.krh.gov.mv ގެ ޕޭޝަންޓް ޕޯރޓ...

ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި
Thiladhunmathi News

ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށްވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފި

ހދ. ކުޅުދުއްފުށީ ޕޯޓުން ހަފްތާއެއްގެ ތެރޭގައި 35 ހާހަށް ވުރެ ގިނަ ކާގޯ ޕެކޭޖް ކްލިއަރ ކޮއްފައިވާކަމަށް އެ ކުންފުނިން ނެރުނު “ވީކްލީ ސްޓެޓިސްޓިކްސް” ގައި ބުނެފިއެވެ. ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް)ގެ މި ރިޕޯޓުގައި ބުނާ ގޮތުން އޯގަސްޓް 2 އިން 8 އަށް ހިނގި ހަފުތާގައި އުތުރުގެ ޕޯޓުން ވަނީ 9،592 ޕެކޭޖުގެ ޖެނެރަލް ކާގޯ، 23،628 ޕެކޭޖުގެ ސްޕެއާ ޕާޓްސް އަދި 2834 ކާޓަން ޑްރިންކްސްގެ އިތުރުން 254 މޮޓޯސައިކަލާއި 1 ހެވީ ވެހިކަލް ކްލިއާ […]

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް
Thiladhunmathi News

ނޭކުރެންދޫގައި ޒުވާނުންގެ ފޯރަމަކާއި ތިންމުގޯލި ކުޅުމުގެ ހަރަކާތެއް

މިއަހަރުގެ ޒުވާނުންގެ ދުވަހަށް ޚާއްސަކޮށް ހާއްސަ ހަރަކާތްތަކެއް ގެންދަން ހދ. ނޭކުރެންދޫ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ނޭކުރެންދޫގައި މި ދުވަސް ފާހަގަކުރުމަށް ގެންދަން ތައްޔާރުވެފައިވާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ޒުވާނުންގެ ފޯރަމް އެވެ. “މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ދައުރު” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ ހާއްސަ ފޯރަމެއް އޮންނާނީ މިރޭ 20:45 ގައި އެރަށު ކައުންސިލް އިދާރާ އާއި ދެމެދު ބީޗު ސަރަހައްދުގައެވެ. މި ފޯރަމްގައި ދަރުސްދެއްވަން ހަމަޖެހިފައި ވަނީ އައްސައިޚް މ...

މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި
Raajje

މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހިންގާ މި އަހަރުގެ ދެ ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ އެހީގައި، މިނިސްޓްރީން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިޔުޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސްއިން ހިންގާ ޕްރޮގްރާމެކެވެ. ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަ...

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯކްޝޮޕެއް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން “ޑިޖިޓަލައިޒޭޝަން އެންޑް އޮޓޮމޭޝަން ވޯރކްޝޮޕް 2026” ގެ ނަމުގައި ވޯރކްޝޮޕެއް އިއްޔެ ބާއްވައިފިއެވެ. މިއީ އެ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކޮށް، ކަރުދާހާއި ނުލާ މަސައްކަތްކުރާ އިދާރާއަކަށް ހެދުމަށް އެކުލަވާލާފައިވާ ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ތެރެއިން ހިންގާފައިވާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕްގައި އެ ކައުންސިލްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އިދާރީ މުވައ...

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ށ.ފޭދޫ އިން ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑުބިމަށް ކުރިމަތިލުމުގެ ފުރުޞަތު ށ. ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދަނޑުވެރިކަމަށް ބިން ދޫކުުރުމުގެ މަޤްޞަދަކީ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ފުރުޞަތު ފަހިކޮށްދީ، ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމާޢި ފުދުންތެރި ރައްޔިތުން އުޅޭ ރަށަކަށް ހެދުންކަމުގައި ކައުންސިލުން މަޢުލޫމާތު ދެއެވެ.  އަދި އެ އުޞޫލުގެ ދަށުން ކޮންމެ ބިމެއް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން އެ ބިމެއް އެ މީހެއްގެ ކިބައި...