ކުޅުދުއްފުށީ އުތުރު ބަނދަރުގެ ވަގުތީ އޮފީސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފި
ކުޅުދުއްފުށި ސިޓީގެ އުތުރު ބަދަނރު ސަރަހައްދުގައި ވަގުތީ ޖާގައިގައި ހިންގަމުންދިޔަ ބަނދަރު އޮފީސް، މިހާރު ވަނީ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކަށް ބަދަލުކޮއްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި އޮފީސް ޒަމާނީކޮށް ތަރައްގީކޮށްފައި ވަނީ ޚިދުމަތް ދިނުމަށް ޚާއްޞަ ކައުންޓަރަކާއި، އޮފީސް ބަޔަކާއި އަދި ގުދަނެއް ހިމެނޭގޮތަށެވެ. ކުޅުދުއްފުށީ ސިޓީއަކީ ގިނަ ޚިދުމަތްތަކެއް ގާއިމުވެފައިވާ އުތުރުގެ ވިޔަފާރީގެ ވެސް މައި ހަބުކަމުން އެ ސިޓީއަށް ޚިދުމަތްތައް ހޯދަން ކޮންމެ ދުވަހަކުވެސް ގިނަ އަދަ...