ހޯރަފުށީ އެވިޑް އިންޓަނޭޝަލް ސްކޫލްގައި ކުލަގަދަ ދިވެހި އަދަބީ ހަފްތާއެއް
ހއ. ހޯރަފުށީގައި ހުންނަ ކޭމްބްރިޖް އެވިޑް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދިވެހި އަދަބީ ހަފްތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. މިއީ ދިވެހި އަދަބިއްޔާތާއި، ސަޤާފަތް ދިރުވައި، ދަރިވަރުންގެ ހިތްތަކުގައި އެކަންކަމަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ހޯރަފުށީ ކައުންސިލް މެމްބަރ އާމިނަތު ވިސާމާ ” ތިލަދުން “އަށް ވިދާޅުވިއެވެ. ލިޔުންތެރިކަމާއި، ކިޔުންތެރިކަމުގެ އިތުރުން ހުށަހެޅުންތެރިކަމަށް އަމާޒުކޮށް، ގ...