ހއ. ހޯރަފުށީގައި ހުންނަ ކޭމްބްރިޖް އެވިޑް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދިވެހި އަދަބީ ހަފްތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މިއީ ދިވެހި އަދަބިއްޔާތާއި، ސަޤާފަތް ދިރުވައި، ދަރިވަރުންގެ ހިތްތަކުގައި އެކަންކަމަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ހޯރަފުށީ ކައުންސިލް މެމްބަރ އާމިނަތު ވިސާމާ " ތިލަދުން "އަށް ވިދާޅުވިއެވެ.
ލިޔުންތެރިކަމާއި، ކިޔުންތެރިކަމުގެ އިތުރުން ހުށަހެޅުންތެރިކަމަށް އަމާޒުކޮށް، ގިނަ ޚަރަކާތްތަކެއް މި އަދަބީ ހަފްތާގައި ދަރިވަރުން ހުށަހަޅާފައިވާކަމަށާއ،ި މި އިވެންޓްގެ ތެރެއިން ދަރިވަރުން ދިވެހި ބަހަށް އަހުލުވެރިވެ، ދިވެހި ސަޤާފަތް ދިރުވުމަށް އެކަށީގެންވާ މުހިންމު މަޤްސަދުތަކެއް ޙާޞިލް ކުރެވިފައިވާކަމަށް ވެސް ވިސާމާ ވިދާޅުވިއެވެ.
ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ ހަފުތާގެ ތެރެއިން، ފޮޓޯ: ހޯރަފުށީ ކައުންސިލް
ދަރިވަރުން ތައްޔާރު ކުރުމުގައި އެވިޑް ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން ދެއްވި އެހީތެރިކަމާއި އިންތިޒާމް ކުރުމުގައި މުވައްޒަފުންނާއި ކައުންސިލް އަދި އެ ސްކޫލްގެ ކަންކަމަށް ޚާއްސަ ކޮއްފައިވާ މެމްބަރުންގެ އެހީތެރިކަން އުފަލާއެކު ފާހަގަ ކުރާކަމަށް ހޯރަފުށީ ކައުންސިލުން ހާމަ ކުރިއެވެ.
ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ ހަފުތާގެ ތެރެއިން، ފޮޓޯ: ހޯރަފުށީ ކައުންސިލް
އަދި ކްލާސްރޫމްގެ ޚަރަކާތްތައް ނިންމާ، މުބާރާތުގެ ސްޓޭޖް ޚަރަކާތްތަކުގެ ފަސްމަންޒަރު ތައްޔާރު ކުރުމުގައި ކައުންސިލް މެމްބަރު އާމިނަތު ވިސާމާގެ ފުރިހަމަ އެއްބާރުލުމާޢި އެހީތެރިކަން ލިބިފައިވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
ހޯރަފުށީ އެވިޑް އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ ހަފުތާގެ ތެރެއިން، ފޮޓޯ: ހޯރަފުށީ ކައުންސިލް
މީގެ އިތުރުން ހޯރަަފުށީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި އިވެންޓް އިންތިޒާމުކުރެވިފައިވާ ފުރިހަމަކަމާއި، ދަރިވަރުންނަށް ލިބުނު ކުރިއެރުން ފާހަގަ ކޮށް، ބެލެނިވެރިން ކައުންސިލަށް ތަޢުރީފާއި ޝުކުރު އަދާ ކޮއްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!