ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (43)
ކުރީގެ އަދަދާއިގުޅޭ، ” ނޫޙުގެ ބައްޕައަކީ ޒައިންކަން ނޫޙުއަށް އެނގޭ ދުވަހަކުން ކިހިނެއްބާ ވާނީ؟” ނަވީންގެ ސުވާލުން އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” ކޮންމެ ގޮތެއް ވިޔަސް ޒައިންއަކީ ނޫޙު ނުދަންނަ މީހެއް ނޫން.. ބޭބެ ކިޔައިގެން އެއްގެއެއް ތެރޭގައި ބޮޑުވީ! ދެން ކުއްލިއަކަށް އެއީ ބައްޕަކަން އެނގުމުން ނޫޙު އުޝާދެކެ ރުޅި އެއް ނާންނާނެތަ؟” ނަވީންގެ ދެވަނަ ސުވާލުން އުޝާގެ ހިތަށް ބިރުވެރިކަން ވެރިވެގަތެވެ. ” ބައެއްފަހަރު ހިތަށް އަރާ ތިހެންވެސް.. އެކަމަކުވެސް […]