މައި ޚަބަރަށް ދިޔުމަށް

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
Raajje

އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އޮޕްރޭޝަން ހުއްޓައިލީ 72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަޙައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއ...

ޝާހިދު އިނގިރޭސި ވިލާތަށް
Raajje

ޝާހިދު އިނގިރޭސި ވިލާތަށް

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ. ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭއި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގ...

ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތެއް
Raajje

ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތެއް

“ވެހޭތާ ފެން ނަގާށޭ” ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. “ޝަޢުބާން މަހުގައި ހެޔޮ ޢަލަމުކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ ގަސްދަކާއި ނުލާ ކުރެވޭ ފާފަތަކުން މާތްﷲ އަހަރެމެން ސަލާމަތް ކުރައްވާނެ ކަމެއްކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ. މީގެ އިތުރުން މިފަދަ ބަރަކާތްތެރި މޫސުމެއްގައި...

ކުޅުދުއްފުށީ ޔޫތު ސެންޓަރުގެ ދެ ބެޑްމިންޓަން ކޯޓު މަރާމާތުކުރުމަށް ހަވާލު ކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ޔޫތު ސެންޓަރުގެ ދެ ބެޑްމިންޓަން ކޯޓު މަރާމާތުކުރުމަށް ހަވާލު ކޮށްފި

ކުޅުދުއްފުށި ޔޫތު ސެންޓަރުގެ 2 ބެޑްމިންޓަން ކޯޓު މަރާމާތުކުރުމަށް ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ބެންޒީ ޕްރައިވެޓް ލިމިޓެޑާ އެވެ. މިކަމުގެ އެއްބަސްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބެންޒީ ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 08 މާރޗް 2023 ގައެވެ. މި މަސައްކަތް ހަވާލު ކުރެވިފައިވަނީ 784,080.00ރ (ހަތް ލައްކަ އަށްޑިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) އަށް، 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި އެއްބަސްވުމުގެ […]

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ
Thiladhunmathi News

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. […]

ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯއިން ތަކެތި ބާޒާރަށް ނެރޭނެ: މިއުވާން
Raajje

ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯއިން ތަކެތި ބާޒާރަށް ނެރޭނެ: މިއުވާން

ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯ އިން ތަކެތި ބާޒާރަށް ނެރޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއުވާން ވިދާޅުވީ ޑިމާންޑާ އެއްވަރަށް ބާޒާރަށް ތަކެތި ނެރެން އެސްޓީއޯ އިން ޖުމްލަ ހަ ޝިޕްމަންޓެއް ގެންނާނެ ކަމަށާއި އޭގެ ތެރޭގައި، ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށެވެ. އަދި […]

ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަނީ
Raajje

ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަނީ

ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަން ނިންމައި، އެ ފަރާތްތައް ގުރުއަތުން ހޮވައިފިއެވެ. އެފަރާތްތައް ހިވާފައިވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމާއި އެ ކުންފުނިން ދޭ ހައްޖާއި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެކެވެ. ސްޓެލްކޯ އިން ބުނީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދ...

ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި
Thiladhunmathi News

ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި

“ޒަކާތު ނަފާ” ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. […]

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ރިޒާގެ ކޮއްކޮއަށް
Raajje

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓް ރިޒާގެ ކޮއްކޮއަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުސައިން ރިޒާއަށް ދީފިއެވެ. ހުސައިން ރިޒާ އަކީ، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސައިން ރިޒާ އެކަންޏެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިހައިތަނަށް ހުނ...

ޤިބްލަ ގުރޫޕުގެ ޑިސެމްބަރ އުމްރާގެ ފުރަތަމަ 40 ޖާގައަށް ހާއްސަ އަގެއް!
Raajje

ޤިބްލަ ގުރޫޕުގެ ޑިސެމްބަރ އުމްރާގެ ފުރަތަމަ 40 ޖާގައަށް ހާއްސަ އަގެއް!

“ޤިބްލަ ހައްޖު އެންޑް އުމްރާ” ގެ ޑިސެމްބަރ މަހުގެ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގަކާއިއެކު ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖެއިން، އުމްރާ އަދި ހައްޖަށް މީހުން ގެންދާ ގްރޫޕުތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މި ގްރޫޕުން މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 40 ޖާގައަށް އެދޭ ފަރާތްތަކުން ދައްކަޖެހެނީ 27،000 ރުފިޔާ ކަމަށް އެ ގްރޫޕުން ބުނެއެވެ. މިއީ 14 ދުވަހުގެ އުމްރާއެއް ކަމަށާއި އެ […]

ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް އެޗްޑީސީ އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް
Raajje

ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް އެޗްޑީސީ އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް

މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް ބާއްވަން ނިންމައިފިއެވެ. އެޗްޑީސީ އިން ބުނީ މި ދަރުސް ބާއްވަނީ “ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން” މިނަމުގައި ކަމަށެވެ. އަދި ދަރުސް ދެއްވާނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ކަމަށެވެ. މި މާރޗު މަހުގެ 10 ވާ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފިލެޓް އެޗް 12 ވަނަ ޓަވަރުގެ އުތުރުން […]

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފި
Raajje

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފި

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް  ބެލުން ކަމަށެވެ....

ރައީސްގެ ދެކަނބަލުން އައިޓީބީ ބާލިން ފެއާ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން އައިޓީބީ ބާލިން ފެއާ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތް ކުރައްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ 2019 ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައ...

ކުޅުދުއްފުށީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަނީ
Thiladhunmathi News

ކުޅުދުއްފުށީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަނީ

ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނުގައި ހުއްދަ ނުހޯދާ ބަހައްޓާފައި ހުންނަ ތަކެތި ނަގަން ނިންމައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު ދެންނެވުމެއްގައި ވަނީ ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމުތަންތަނަކީ ސާފުތާހިރު އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން އެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާ...

އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެނޭ: ޝާހިދު
Raajje

އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެނޭ: ޝާހިދު

އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަމުންދާ ކަމަށް ހާރިޖީ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން ޝާހިދު ވިދާޅުވީ މިއަދު، އަޅުގަނޑުމެން މިފާހަގަކުރަނީ، އަދުގެ ދުނިޔެ ބައްޓަންކުރުމުގައި އަންހެނުން އަދާކޮށްފައިވާ ދައުރާއި އެމީހުންގެ ކާމިޔާބީތައް ކަމަށެވެ. އަދި، ކޮންމެ އަންހެނަކަށްވެސް އެމީހެއް...