މައި ޚަބަރަށް ދިޔުމަށް

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
Raajje

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ. ގައުމީ އެއަރަލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓު އެ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 5:05 ހާއިރު އެވެ. މިއީ މި ސަރުކާރުން ނޮވެމްބަރު 2020 ގައި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރިޗު މަހުގެ 15 ވާ ބުދަ ދުވަހު ކަމަށާއި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހު ކަމަށް ވެސް […]

ފެމިލީ ކޯޓުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި
Raajje

ފެމިލީ ކޯޓުގައި ރޯދަ މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފި

ފެމިލީ ކޯޓުގައި މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދޭ ގަޑިތައް ކަނޑައަޅައިފިއެވެ. ފެމިލީ ކޯޓުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 9 ން މެންދުރު 12:30 އަށް ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. […]

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތި ދެކުނުބުރީ ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމަށް އާރކް އެން ސިއެލް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދު އެވެ. އާރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ޑިރެކްޓަރ އަޙުމަދު އަމީން އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނ...

މާލެ ސަރަހައްދުގައި ރޯދަ މަހު ދުވާލު މުދާ އުފުލޭ ގަޑިތައް އާންމުކޮށްފި
Raajje

މާލެ ސަރަހައްދުގައި ރޯދަ މަހު ދުވާލު މުދާ އުފުލޭ ގަޑިތައް އާންމުކޮށްފި

އަންނަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ދުވާލު މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ. މީގެ އިތުރުން ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ހުރިހައި ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ވެސް އެ […]

މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް ގޮވައިލާ މެމްބަރު އާޒިމްގެ ގަރާރެއް
Raajje

މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް ގޮވައިލާ މެމްބަރު އާޒިމްގެ ގަރާރެއް

މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ. އެ ގަރާރުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަސް އަހަރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، މާލޭގެ އެއްވެސް ރައްޔިތަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ތަކުރާރުކޮށް މެންބަރުން އެދެމުންދާ ކަމ...

ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
Raajje

ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށެވެ. ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ. މަރުވެފައި ވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ވެސް...

ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަކުރެވެނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި: ނަހުލާ
Raajje

ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަކުރެވެނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި: ނަހުލާ

ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަވަނީ ހިތްވަރުގަދަ އަދި ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ރޭ ދެއްކެވި ވާހަކާގައި ނަހުލާ ވިދާޅުވީ، ސިޔާސީ، އިޖުތިމާއީ އަދި އިގް...

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ: މައުސޫމް
Raajje

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ: މައުސޫމް

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ އަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ. ‘އައިޓީބީ ބާލިން 2023’ ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. “ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ. އެތަނުގައި ފަސް ދުވަހަށް މަޑުކ...

ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ
Raajje

ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ

ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ ‘ހަވީރު’ ނޫހުގެ ސަބް އެޑިޓަރުކަމާއި ‘މިއަދު’ ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނ...

19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލަނީ
Sports

19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލަނީ

19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑަށް ކުދިން ހޮވުމަށް ނިންމައި، އެކަމަށް ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައިފިއެވެ. ހޭންޑް ބޯލް މޯލްޑިވްސް އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ބުނެފައިވަނީ 19 އަހަރުން ދަށުގެ އަންހެން/ފިރިހެން ޤައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މި ސްކޮޑުގައި ބައިވެރިވުމަށް ގޫގަލް ފޯމެއް ހަދާފައިވާއިރު، ސްކޮޑުގައި ބައިވެރި...

ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ އަމާޒެއް: ސަބްރާ
Raajje

ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ އަމާޒެއް: ސަބްރާ

ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ “ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް އިންޑިއަން އޯޝަން” ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ ޚާއްސަ ކޮންފަރެންސްގައެވެ. މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކަށް ކަނޑުފަޅު...

ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
Raajje

ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު ނުވަލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މިއީ އިނގިރޭސި ވިލާތުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. މި ތަކެތި އަތުލައިގަތީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސް ކުރުމުގެ ތެރޭގައިި ކަމަށާއި އެއީ 250 ގުރާމު މަސްތުވާތަކެތި ކަމަށް ވެސް ބުނެއެވެ. ކަސްޓްމަސް އިން ބުނީ ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަ...

ނިންމުން ބަދަލުކޮށް ނަން ނަގާނެ އެއްވެސް ހާލަތެއް ނާންނާނެ: ޑރ. މުނައްވަރު
Raajje

ނިންމުން ބަދަލުކޮށް ނަން ނަގާނެ އެއްވެސް ހާލަތެއް ނާންނާނެ: ޑރ. މުނައްވަރު

ނިންމުން ބަދަލުކޮށް ނަންނަގާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި، ނޫސްވެރިންނަށް މައުލޫމާތި ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަކީ ރާއްޖެ އެކި ދުވަސްވަރު އަޅުވެތިވެފައި އޮތް ހާލަތަށްވުރެވެސް ދަށް ހާލަތެއް ކަމަށެވެ. އަދި ގައުމުގެ މިނިވަން ނިންމުންތައް ނިންމުމުގެ ބާރު ރާއްޖޭގައި ނެތް ކަމަށެވެ. ވަކި...

މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް ފަށައިފި
Raajje

މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް ފަށައިފި

މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް ފަށައިފިއެވެ. ބ. މާޅޮހުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެވްޔަރްމެންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 4 ޓީމަކުން ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ވައްކަރު، އަނަންތަރާ، ވެސްޓިން އަދި މާޅޮހުގެ ޓީމެކެވެ. މި މާރިޗު މަހުގެ 11 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ކުޅެނީ މާޅޮހު ވޮލީ ކޯޓުގައެވެ. މުބާރާތުގެ ފުރަތަމަ […]

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފި
Raajje

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފި

މާލެ ސިޓީ ކައުންސިލްގެ “ފަންނުވެރިޔާ” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ޕްރޮގްރާމު އިފްތިތާހު ކޮށްފައިވަނީ ސަސްކެފޭގައި ބޭއްވި ހަފްލާއެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ބެޗުގައި މިހައިތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މޭޔަރ ވ...